މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މަކުނުދޫ ބޭރުން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ މަކުނުދޫ ބޭރުން ފެނިއްޖެ އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިކަން ކަށަވަރު ކޮށްދީފައި ވެ އެވެ. ފުލުހުން ބުނެފައިވަނީ މަރުވެފައި އޮތް މީހަކު ފެނ...

06 Mar 2018 | 09:28

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ މަކުނުދޫ ބޭރުން ފެނިއްޖެ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިކަން ކަށަވަރު ކޮށްދީފައި ވެ އެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 12:55ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި ފުލުހުން މިހާރު އެ ސަރަހައްދަށް ގޮސްފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ރަސްމީ ބަހެއް ދުވަހަށް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މަކުނުދޫ ހުޅަނގުން ހަ މޭލު ބޭރުންނެވެ.

އެނގިފައިވާ ގޮތުގައި އެ ރަށު ފަޅުގެ ދެކުނުން ފެށިގެން ހަ މޭލު ބޭރުން، ހަށިގަނޑު ފެނުނީ އެ ރަށު ކަންނެލި ދޯންޏަކަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ އެ ރަށަށް ނިސްބަތްވާ ކަންނެލި ދޯންޏަކަށެވެ. ލައިފް ޖެކެޓްވެސް އަޅާފައި އޮތް އެ ހަށިގަނޑުގެ ޖިންސް އަދި ސާފު ނުވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް