ބުދިސްޓުން މުސްލިމުންނަށް ހަަމަލާ ދޭން ފެށުމުން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

ލަންކާގައި 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ. ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިމިވަނީ އެ ގައުމުގައި ބުދިސްޓުންނާއި މުސްލިމުންނާއި ދެމެދު ހަމަ...

06 Mar 2018 | 09:12

ލަންކާގައި 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިމިވަނީ އެ ގައުމުގައި ބުދިސްޓުންނާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުންތައް ބޮޑުވުމުން އެކަމާއި ގުޅިގެންނެވެ.

ލަންކާއިން ބުނެފައިވަނީ އެ ހާލަތު އިއުލާނު ކޮށްފައިވަނީ ހަމަނުޖެހުން އުފައްދާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ކަމަށެވެ.

ލަންކާގައި މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު އެ ގައުމުގެ ކެންޑީ ސަރަހައްދުގައި އިއްޔެ ކާފިއު ހިންގާފައި ވެ އެވެ. އިއްޔެ ކާފިއު ހިންގާފައިވަނީ މުސްލިމުންގެ ފިހާރަތަކަށް ބުދިސްޓުން ހަމަލާ ދިނުމުގެ އިތުރުން ބައެއް މިސްކިތްތަކުގައިވެސް ހުޅު ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް