މީރާގެ އެޕް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭގޮތް ހަދައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މ...

06 Mar 2018 | 06:04

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރެވެ.

މީރާއިން ބުނީ އެޕް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ނިންމީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ލުއި ފަސޭހަ ކަމާއި އެކު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.  މީރާއިން ބުނީ މުދަލު ޒަކާތަށް އާންމުން އަހުލުވެރި ކުރުވުމަށް މިއަހަރު ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މުދަލު ޒަކާތް ބަލައިގެންނަމުން ދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. މީރާއިން މުދަލު ޒަކާތް ބަލައިގެންނަން ފެށީ އެ އޮތޯރިޓީ އާއި އިސްލާމިކް މިނިސްޓްރީ އާއި ދެމެދު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް