ބޮލީވުޑްގެ ފިލްމުތަކުން ތަފާތު ހުނަރުތައް ދައްކަމުން އަންނަ ތަރި އިރްފާން ޚާން ގޮތްނޭންގޭ ބައްޔަކަށް ފަރުވާހޯދަމުން އަންނަކަމުގައި ބުނެފިއެވެ.
އެކަމާގުޅޭގޮތުން އިރްފާން މީޑިޔާއާއި ފޭނުން ގާތުން އެދިފައިވަނީ މިބަލީގެ އަސްލު ދެނެގަތުމަށް އޭނާއަށް ވަގުތުކޮޅެއް ދިނުމަށެވެ. އެކަމާގުޅޭގޮތުން ކުރި ޓްވީޓެއްގައި އިރްފާން ބުނެފައިވަނީ ބައެއް ފަހަރު މީހާ އެއްކޮށް އަނެއްފުށަށް ޖަހާފަދަކަންކަމާ ކުރިމަތިލާންޖެހޭކަމުގައެވެ. ފާއިތުވި 15 ދުވަހު އޭނާގެ ހަޔާތް މިވަނީ ސަސްޕެންސުން ފުރިފާކަމުގައެވެ. މަދުން ނޫނީ މީހުން އަހަން ބޭނުންނުވާފަދަ ވާހަކަތައް ހޯދަމުން އަހަރެންދިޔައިރު އެފަދަ ބައްޔެއް އަހަންނަށް ޖެހިދާނެކަމަށް ހީނުކުރާކަމަށް އިރްފާންގެ ޓްވީޓްގައިވެއެވެ.
އެހެންނަމަވެސް ހިތްވަރު ދޫނުކުރާކަމަށާއި އާއިލާއާއި ރަހުމަތްތެރިން އޭނާއާއެކު މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުން ދާ ކަމުގައި ޓްވީޓްގައި އިރްފާން ބުނެފައިވެއެވެ. މިބައްޔާބެހޭގޮތުން އިނގުނުހާ އަވަހަކަށް އެވާހަކަތައް ތަފުސީލާއެކު ގެނެސްދޭނެކަމަށްވެސް އިރްފާން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިރްފާން ވަނީ އޭނާ ކުރަމުންދާ މަސައްކަތުން ފާއިތުވި ދެ ހަފްތާގައި އޮފެއް ނަގާފައެވެ. އިރްފާންގެ ކުރިޔަށް ނިކުންނަން އޮތް ފިލްމު " ބްލެކް މެއިލް" ގެ އިވެންޓެއްވެސް ވަނީ އިރްފާން ގެ ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން ކެންސަލް ކޮށްފާކަމަށް ރިޕޯޓްތައް ބުނެއެވެ. އިރްފާން އަށް ޖެހިފައިވަނީ ކޮން ބައްޔެއްކަން އަދި ނޭންގުނުނަމަވެސް ކުރިޔަށް އޮތްތާންގައި އެކަން އިނގިގެންދާނެއެވެ. އުންމީދަކީ އަވަސް ޝިފާއެއް ލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް