މުހިންމު ކަމެއްގެ ތެރޭގައި އުޅެނިކޮށް ނުވަތަ އާންމު ދިރިއުޅުމުގައި އަވަދި ނެތި އުޅެނިކޮށް ބަނޑަށް އުނދަގޫވެ، ބަނޑު ކައްކައި ގަނެގެން އުޅެން ޖެހޭ މީހުން ވަރަށް ގިނަ އެވެ. ބަނޑަށް އުނދަގޫވާން އެ ފަށަނީ ކާއެއްޗެހި ހަޖަމުވެ ނިމުމުންނެވެ.
ކެވޭ އެއްޗެއްގައި ބަނޑަށް އުނދަގޫވާ ޒާތުގެ އެއްޗެއް ހުރުން ނުވަތަ ހަޖަމްވާން އުނދަގޫ އެއްޗެއް ކެވިއްޖެ ނަމަ އެ އުނދަގުލާއި އާންމުކޮށް ކުރިމަތިލާން ޖެހެ އެވެ. އާންމުކޮށް ބަނޑު ކައްކާ، ނުވަތަ ބަނޑަށް އުނދަގޫވާ ކާއެއްޗެހީގެ ތެރޭގައި މާ ކުޅިކޮށް ކެއުމާއި، ރޭގަނޑު މާ ދަންކޮށް ކެއުމާއި، ގަވައިދުން، ގަޑީން ގަޑިއަށް ނުކެއުމުގެ އިތުރުން މާ ގިނައިން އެއްފަހަރާ ކެއުން ހިމެނެ އެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ކާއެއްޗެހި ހަޖަމް ވުމުން ބަނޑަށް އުނދަގޫ ވުމަށް ކޮންމެސް ވަރެއްގެ ހައްލު ގެނެވިދާނެ އެވެ.
ޔޯގަޓު ކެއުން:
ކެއުމަށް ފަހު ޔޯގަޓް ކާނަމަ ނަޖިހުގެ ގޮތުގައި ބޭރުވާ ބެކްޓީރިއާ އަށް ބަދަލު އަންނާނެ އެވެ. އޭރުން ބަނޑުން ދިލަ ނެގުމާއި އެހެނިހެން ނިޒާމުތަކަށް ހަމަޖެހުން ލިބެނޭ އެވެ.
ފިނި ކިރުތައްޓެއް:
ފިނި ކިރު ތައްޓެއް ބުއިމުން ބަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ ބަނޑުގައި އެކުލެވޭ އެސިޑުގެ މިންވަރު ދަށްކޮށްދެ އެވެ. ބަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ދުވާލަކު އެއް ފިނި ކިރުތަށި ބޯން އާދަކުރާށެވެ.
ބަތް:
ކޮންމެ ދުވަހަކު ހުސް ބަތް ކެއުމަށް އަދާ ކުރާށެވެ. ބޭނުން ނަމަ ބަތާއި ޔޯގަޓް އެއްކުރެވިދާނެ އެވެ. ހުސް ބަތް ކެއުމުން ބަނޑަށް ބޭނުންވާ ފެނުގެ މިންވަރު އިތުރުކޮށްދެ އެވެ.
ފެން:
ތަފާތު އެއްޗެހި ކެއުމާއި ބުއިމުގެ ސަބަބުން ބަނޑަށް ވެފައި ހުންނަ އުނދަގޫތަކާއި ފެން ބުއިމުން ވަރަށް އަވަހަށް ދުރުކޮށްދޭނެ އެވެ. އަދި ކާއެއްޗެހި އަވަހަށް ހަޖަމުވެ އަވަހަށް ބޮޑުކަމު ދެވޭނެ އެވެ. ކެއުމުގައިވެސް ބޭނުން ކުރަންވަނީ ގިނައިން ފެން އެކުލެވޭ ކާނާ އެވެ. އޭގެ ތެރޭގައި ކަރާ، ޕީޗް، އާފަލު އަދި ކިއުކަމްބާ ހިމެނެ އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް