ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ ޝިދާތާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރަން ހުށަހަޅަން ވެރިކަން ކުރާ އެމް...

06 Feb 2020 | 07:15

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ ޝިދާތާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރަން ހުށަހަޅަން ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ނިންމާފައިވަނިކޮށެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ އެ ބައްދަލުވުމަށް ހާޒިރުވި45 މެންބަރުންގެ އިއްތިފާގުންނެވެ.

ޝިދާތާ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި އެވެ. އެމަނިކުފާނު ވަނީ މަގާމުގައި ހުންނަވައިގެން ޝިދާތާ ސަރުކާރަށް ކޮސްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

https://twitter.com/ibusolih/status/1225316656936714241

ޝިދާތާގެ މައްޗަށް އިތުރުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު އިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކު ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވެ އެކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ހައި ކޯޓުން ބުނެފައިވަނި ކޮށެވެ. ހައި ކޯޓުން ބޭއްވި ޝަރީއަތެއްގައި ބުނެފައިވަނީ ހިޝާން އެ ޒުވާނާ އެގޭގައި ގެންގުޅެނީ ފެމިލީ ކޯޓުގެ ހުކުމަކާއި ހިލާފަށް ކަމަށެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީ އިހުމާލުވެފަިއވާ ގިނަ ކަންކަން މިފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލަ އާއި ގުޅިގެން އެ ރަށުގައި ދިމާވެފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައަކަށް ޖެންޑާގެ އޮފިޝަލުން އިހުމާލުވެފައިވާ ކަމަށް ތުުހުމަތު ކުރެ އެވެ.

ޝިދާތާ ޖެންޑާ މިިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް