އުތުރުގެ ބައެއް އަތޮޅުތަކަށް ރޭ ދަންވަރުގެ ވަގުތެއްގައި ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީ އާއި ހއ. އުތީމާއި ހއ. އިހަވަންދޫއަށް މި ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.
އުތުރުގެ ބައެއް އަތޮޅުތަކަށް ލޮޅުމެއް އައިކަން މޫސުމާއިބެހޭ ގައުމީ އިދާރާއިންވެސް ކަށަވަރުކޮށްދެއެވެ. އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ ރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި ކަމަށާއި މިގޮތުން ބެލި ބެލުމުން، ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑުކުރާ މީޓަރަށް ރާއްޖޭ ގަޑިން ރޭ ދަންވަރު 01:47ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ވަނީ ރިކޯޑް ކުރެވިފައި ކަމަށެވެ.
https://twitter.com/MetMaldives/status/1225167843714457600
"މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ." މެޓް އޮފީހުން ބުނެފައިވެއެވެ.
https://twitter.com/SalleHoarafushi/status/1225165579419414528
ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް މި ބިންހެލުމުގެ ބާރުމިން މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް