ބ. އަތޮޅު ރަންގިލި ފަޅުތެރޭގައި ފީނަން އުޅުނު ޒުވާނަކު 30 މީޓަރު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ބ.ތުޅާދޫ، ފޮނިލުނބޯގެ 21 އަހަރުގެ ޔާފިއު ހުޞައިނެވެ. އެމްއެންޑީއެފުން ބުނީ ފީނަން ގޮސް އުޅެނިކޮށް މަރުވި ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 15:47 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ދިޔައީ ކުރަމުންނެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރުން، ކޮކޯ ޕާލްސްގެ އެއް ޑައިވަރަކާއި ވައްކަރު ރިސޯޓްގެ ޑައިވަރުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނާ ހަށިގަނޑު ފެނުނީ ވައްކަރު ރިސޯޓްގެ ޑައިވަރުންނަށެވެ
މަރުވި ޒުވާނާގެ ހަށިގަނޑު މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީގައި ތުޅާދޫއަށް ވަނީ ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް