ވައުދާ އެއްގޮތަށް ޖީއެމްއައިޒެޑްއެލް ގެ މުއައްޒަފުންނަށް ލީވް ހަމަޖައްސައިދޭން ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ހަމަޖައްސައިދޭން ފަށައިފިއެވެ. ވިހެއުމާއި...

06 Feb 2019 | 04:58

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ހަމަޖައްސައިދޭން ފަށައިފިއެވެ.

ވިހެއުމާއި ގުޅިގެން މައިންނަށް މުސާރައާއި ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަށް އަދި ބައްޕައިންނަށް މުސާރައާއި އެކު އެއް މަހުގެ ޗުއްޓީ ދިނުމަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ވައުދުގެ ތެރޭގައި ހިމެނޭކަމެކެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރަހީމް ރަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި، ރައީސް ޞާލިހްގެ ވައުދުފުޅާއި އެއްގޮތަށް އެކުންފުނީގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް މަހަޖައްސައިދޭން ފަށާފައިވާ ކަމުގައި ވިދާޅުވިއެވެ.

އެކުންފުނީގެ އިތުރުން ދައުލަތުގެ ބައެއް އެހެން ކުންފުނިތަކާއި އިދާރާތަކުންވެސް މިހާރު މި އުސޫލުގެ ދަށުން ޗުއްޓީ ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުރިން އޮންނަ ގޮތުން، ވިހެއުމާއި ގުޅުގެން މައިންނަށް ތިން މަހުގެ ޗުއްޓީ ލިބުނު ނަމަވެސް ބައްޕައިންނަށް މިފަދަ ޗުއްޓީއެއް ނުލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް