އިންޑިއާގެ މި ޒުވާނާގެ ނަމަކީ ނިވެދީތާ ޗާތަރުޖީއެވެ. ވަޒީފާ އަދާކުރަނީ އައިޓީ އިންޑަސްޓްރީގައެވެ. އުމުރުން 36 އަހަރެވެ.
މީގެ ނުވަ މަސް ކުރިން ނިވެދީތާގެ ބަރުދަނަކީ 85 ކިލޯ އެވެ. ނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ 55 ކިލޯއެވެ. ބަރުދަނުން 30 ކިލޯ ދުއްވާލަން ކުރި މަސައްކަތަކާއި އެ މަސައްކަތް ފެށީ ކީއްވެކަން ނިވެދީތާ ވަނީ ޓައިސް އޮފް އިންޑިއާ އާއި ހިއްސާކޮށްފައެވެ.
ނިވެދީތާ ބުނެފައިވާގޮތުގައި ފަލަވުމުން ސިއްހީގޮތުން އޭނާ އާއި އެތައް ކަމަކާއި ކުރިމަތިލާން ޖެހުނެވެ. އަދި ރަހުމަތްތެރިން 'ބުލްޑޯޒަރު' މި ނަމުން މުހާތަބު ކުރާތީ އިންތިހާއަށް ހިތުގައި ޖެހޭކަމަށް އޭނާ ބުނެފައިވެއެވެ.
ހެނދުނުގެ ނާސްތާއަށް ނިވެދީތާ ހިޔާރު ކުރަނީ އޯޓްސް ނުވަތަ ޕޮރީޖް (ސީރިއަލް ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެއް) ނުވަތަ ޕޯހާ (އަވެލި ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެއް) އެވެ. އަދި އެއާއެކު ފެނުކެއްކި ދެ ބިސް ނުވަތަ ބިސް ސެލެޑު ހިޔާރުކުރާކަމަށް ބުނެފައިވެއެވެ.
މެންދުރު ކެއުމަށް ހިޔާރުކުރަނީ ފިހުނު ކުކުޅު ނުވަތަ ފިހުނު މަހެވެ. އެއާއެކު ތަރުކާރީއާއި ބަޓަރ މިލްކް ހިޔާރު ކުރެއެވެ. ރޭގަނޑު ނާސްތާއަކީ ކުކުޅު ސެލެޑު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ބެންގާލީ ފިޝް ކަރީ އާއި ގުލާބު ޖާމުން ފަދަ ބައެއް ކެއުމާއި ދިމާއަށް ދެވޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ހިކެން ކުރި މަސައްކަތުގައި ގޭގައި ބަރު އުފުލުމާއި ހަފްތާއަކު ތިން ދުވަހު ހީޓް ޖައްސާ ކަމަށާއި ބައެއް ފަހަރު ޒުމްބާ އާއި ޔޯގާ އާއި އެރޮބިކްސް ހިޔާރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް