އިދިކޮޅު ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އިދިކޮޅު ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މީލާދީ ސަނަތުން 01 ފެބްރުވަރީ 2018 ވީ ބުރާސްފަތި ދުވަހު ދިވ...

06 Feb 2018 | 15:44

އިދިކޮޅު ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މީލާދީ ސަނަތުން 01 ފެބްރުވަރީ 2018 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ 05 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަމާމެދު ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 145 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިއާޔަތްކޮށް، ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ރ) އާއި 154 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ނ) އާއި ގާނޫނު ނަންބަރު 01/2011 (ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަސް 2 ވަނަ އިސްލާހެއް ގެނައުމުގެ ގާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 31 ވަނަ މާއްދާގެ (ބ) ގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީޙުން އިތުރަށް ބަލައި ރިއާޔަތްކޮށް،

  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ހިމެނިފައިވާ ބައިތަކުގެ ތެރެއިން އެ އަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފަރާތްތަކާބެހޭ މައްސަލަތައް އަލުން ބެލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި އަދި
  2. އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ 2 ވަނަ ބަންބަރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސާސް އެއް ނުވަތަ ބާރެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާ ބަޔާއި،

މިދެބަޔަކީ ބާތިލް ބައިތަކެއް ކަމަށް ކަނޑައަޅައި، މިކަން ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށާއި އަދި އެންމެހައި ފަރުދުންނަށް އަންގާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި އަމުރުގައި ސޮއި ކުރައްވާފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް