ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް މި އަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ކަރެކްޝަންސް އިން ހާމަކޮށްފައިވާގޮތުގައި ކޮމިޝަނަރގެ މި ޒިޔާރަތުގައި މާފުށީ ޖަލުގެ ސީނިއާ މެނޭޖްމަންޓްގެ އޮފިސަރުންނާއި ބައްދަލުކުރައްވާ، އެލާޓް ތެރޭގައި ހިނގާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މާފުށީ ޖަލު އެލާޓް ކުރުމާ ގުޅިގެން ޖަލުގެ އިންތިޒާމްތައް ހަމަޖައްސާފައިވާގޮތް ބައްލަވާލައްވާ، އެ ޖަލުގައި އަލަށް ގާއިމުކޮށްފައިވާ ރިމާންޑް ޔުނިޓަށް ޒިޔާރަތް ކުރެއްވިއެވެ.
ސީޕީ ޝިހާން ވަނީ “ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް”ގައި ޤައިދީންނަށް ދެވޭ ޚިދުމަތްތަކާ އެމީހުންގެ ސަލާމަތީ ކަންކަން ހަމަޖައްސާފައިވާގޮތް ބައްލަވާލައްވާފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުގެ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުން ކަމުގައި ކަރެކްޝަންސް އިން ހާމަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް