އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފި

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު ސަލާމަތަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފި އެވެ. ސަލާމަތީ ބާރުތަކުން އުއްތަމަ...

06 Feb 2018 | 04:01

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު ސަލާމަތަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފި އެވެ.

ސަލާމަތީ ބާރުތަކުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ސުޕްރީމް ކޯޓަށް ވަދެ ހަތް ގަޑިއިރަށް ފަހުގައި އެވެ.

މި ދެބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ހައްޔަރު ކޮށްފައި ވެ އެވެ.

މައުމޫން އާއި ނަދީމް އަށް ކުރަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ކޮބައިކަން ކަށަވަރެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް