ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދޫކޮށްލާފައިވާކަމަށް ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
https://twitter.com/HuShameem/status/960721088211664896
ވަކީލް ހެނދުނު 08:45 ގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ދޫނިދޫ ބަންދުން ފާރިސް ދޫކޮށްލާފަައިވާކަމަށާއި މިހާރު ދަތުރުކުރަމުން އަންނަނީ މާލެއާއި ދިމާއަށް ކަމަށެވެ.
އަޕްޑޭޓް: 09:08
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްުދުލްއަލީމް ވިދާޅުވީ ފާރިސް މައުމޫން މިހާރު ހުންނެވީ ގޭގައި ކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް