ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރައީސް މައުމޫން އަދި ނަދީމް ހައްޔަރު ކޮށްފައިވަނީ ރައީސް މައުމޫން ދިރިއުޅުއްވާ ގެ އެންދެރިމާގެއިންނެވެ. އެ ގެއަށް ސަލާމަތީ ބާރުތަކުން ވަދެފައިވަނީ އެ ގޭގެ ދޮރު ވައްޓާލައިގެންނެވެ.
ރައީސް މައުމޫން އާއި ނަދީމް ހައްޔަރު ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ކަށަވަރެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް