ޖަރުމަން ޗާންސެލަރ އިންޑިއާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ޖަރުމަންވިލާތުގެ ޗާންސެލަރ ފްރެޑްރިކް މާޒް އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. މާޒް އިންޑިއާއަށް ވަޑައިގަންނަވަނީ ޖެނުއަރީ 12 އިނ...

06 Jan 2026 | 10:23
ޖަރުމަންވިލާތުގެ ޗާންސެލަރ ފްރެޑްރިކް މާޒް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު - ފޮޓޯ: އިންޑިއާ ބޮޑުވަޒީރުގެ އޮފީސް

ޖަރުމަންވިލާތުގެ ޗާންސެލަރ ފްރެޑްރިކް މާޒް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު - ފޮޓޯ: އިންޑިއާ ބޮޑުވަޒީރުގެ އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް

ޖަރުމަންވިލާތުގެ ޗާންސެލަރ ފްރެޑްރިކް މާޒް އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ

އެވެ.

މާޒް އިންޑިއާއަށް ވަޑައިގަންނަވަނީ ޖެނުއަރީ 12 އިން

13 އަށެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އަދި މި ދަތުރުފުޅުގައި އިންޑިއާގެ ޓެކްނޮލޮޖީގެ ހަބްތައް ކަމަށްވާ ބެންގަލޫރާއި އަހްމަދުއާބާދަށް

ޖަރުމަންވިލާތުގެ ޗާންސެލަރ ވަޑައިގަންނަވާނެއެވެ.

ޖެނުއަރީ 12 ވަނަ ދުވަހު އަހުމަދުއާބާދުގައި ޗާންސެލަރ

މާޒް އަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ މަރުހަބާ ވިދާޅުވާނެއެވެ. މިދިޔަ އަހަރު 25 އަހަރު

ފުރުނު އިންޑިއާ-ޖަރުމަނު ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ އެކި ދާއިރާތަކުން ހޯދާފައިވާ

ކުރިއެރުންތަކާ ބެހޭގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން

ވިޔަފާރިއާއި އިންވެސްޓްމަންޓް، ޓެކްނޮލޮޖީ، ތައުލީމު، ހުނަރުވެރިކަން އިތުރުކުރުން

އަދި ވަޒީފާގެ ފުރުސަތުތަކުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްވެސް މަޝްވަރާ

ކުރެވޭނެކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ. ހަމައެއާއެކު ދިފާއީ އަދި ސަލާމަތީ

ކަންކަމާއި، ސައިންސާއި، އީޖާދީ މަސައްކަތްތަކާއި، ތަހުލީލުތަކާއި، ތިމާވެއްޓާ ރައްޓެހި

ދެމެހެއްޓެނިވި ތަރައްގީއާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް

ބަދަހިކުރުމަށްވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ.

ބޮޑުވަޒީރު މޯދީއާއި ޗާންސެލަރ މާޒް ވިޔަފާރިވެރިންނާއި

ސިނާއީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަރަހައްދީ އަދި ދުނިޔޭގެ މުހިންމު

މައްސަލަތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް