ލާލް ކިލާ ހަމަލަ: އެމެރިކާއިން ބުނަނީ ތަޙުޤީޤަށް އެހީތެރިވާން ހުށަހެޅި ނަމަވެސް އެ ޤާބިލުކަން އިންޑިއާގެ ހުންނާނެ ކަމަށް

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކާރޫބާރޫ ބޮޑު ރެޑްފޯޓްގައި ކާރު ބޮމެއް ގޮއްވާލި ހާދިސާގެ ތަހުޤީގުގައި އެހީތެރިވާން އެމެރިކާއިން ހުށަހެޅިކަމަށާއި، އެހެންނަމަވެސް މިމައްސަލަ ތަހުގީގު...

13 Nov 2025 | 04:45
ދެ ޤައުމުގެ ޚާރިޖީ ވަޒީރުން - ފޮޓޯ: ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން - ފޮޓޯ: ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ

ކާރޫބާރޫ ބޮޑު ރެޑްފޯޓްގައި ކާރު ބޮމެއް ގޮއްވާލި ހާދިސާގެ ތަހުޤީގުގައި އެހީތެރިވާން

އެމެރިކާއިން ހުށަހެޅިކަމަށާއި، އެހެންނަމަވެސް މިމައްސަލަ ތަހުގީގުކުރުމުގެ ޤާބިލްކަން

އިންޑިއާގައި އެބަހުރިކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

ކެނެޑާއި ކުރިއަށްދާ ޖީ-7 ގެ ބައްދަލުވުމުގެ ތެރެއިން

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އިންޑިއާއިން

މި ހާދިސާގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށް އެބަގެންދާ ކަމަށެވެ. އަދި އެމެރިކާގެ

އެހީތެރިކަން އިންޑިއާއިން ބޭނުން ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖީ-7 ގެ ހަވާސާގައި ރޫބިއޯއާއި އިންޑިއާގެ މިނިސްޓަރ

އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރާމިއަމް ޖައިޝަންކަރު ވަނީ ބައްދަލުކުރައްވާފައެވެ.

ރެޑް ފޯޓްގައި ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް

އިންޑިއާއިން ވަނީ ނިންމާފައެވެ. 12 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވި މި ޙާދިސާ

އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަންސް އެޖެންސީއިން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރެޑްފޯޓް ހަމަލާއަށްފަހު ޕާކިސްތާނުގައިވެސް ވަނީ އެއްޗެއް ގޮއްވާލާފައެވެ. އަދި މިހަމަލާގެ

ޒިންމާ ޕާކިސްތާނުން އިންޑިއާގެ ބޮލުގައި އެޅުވިނަމަވެސް، ރެޑްފޯޓް ހާދިސާގެ މައްސަލައިގައި

ވަކި ބަޔަކަށް އިންޑިއާއިން އަދި ތުހުމަތުގެ އިނގިލި ދިއްނުކުރެއެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި މިދިޔަ އެޕްރީލް މަހު

ދިން ހަމަލާއާއި ގުޅިގެން، އިންޑިއާގައި ދެން ޓެރަރިސްޓް ހަމަލާއެއްދޭ ބަޔަކު އެހިންގަނީ

ހަނގުރާމައިގެ އަމަލެއްކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވުމާއެކު، ރެޑްފޯޓް

ހަމަލާގެ ރައްދުގައި އިންޑިއާއިން ވަރުގަދަ ހަމަލާއެއް ދޭނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް