އިންޑިގޯ އެއާލައިންގެ ފްލައިޓެއް -
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާއާއި ޗައިނާއާ
ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށައިފިއެވެ.
އިންޑިއާގެ ކަލްކަތާއިން ޗައިނާގެ ގުއާންޒޫ އަށް އާދީއްތަ
ދުވަހު ވަނީ ފުރަތަމަ ފްލައިޓް ބާއްވާފައެވެ. އަދި އަންނަ ނޮވެމްބަރު މަހު ހަފްތާއަކު
ތިން ފްލައިޓް ބާއްވާ ގޮތަށް ޝަންހާއީ އާއި ނިއުދިއްލީ ރޫޓްވެސް ފަށާނެއެވެ. ކަލްކަތާ
– ގުއާންޒޫ ސެކްޓަރގައި އުދުހެނީ އިންޑިއާގެ އެންމެ ބޮޑު އެއަރލައިން އިންޑިގޯއެވެ.
އެކުންފުނިން މި ރޫޓްގައި ބޭނުންކުރާނީ އޭ-320 ނިއޯ މަތިންދާބޯޓުކަމަށް އިންޑިގޯއިން
މިމަހުގެ ކުރީކޮޅު ބުނެފައިވެއެވެ. އިންޑިގޯއިން ވަނީ ދިއްލީ-ގުއާންޒޫ ފްލައިޓްތައް
ނޮވެމްބަރު 10 ގައި ފަށާނެކަންވެސް ކުރިން އިއުލާންކޮށްފައެވެ.
އިންޑިއާއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް މެދުކަނޑާލީ
2020 ވަނަ އަހަރު ދެގައުމުގެ ސަރަހައްދީ ރޮނގުގައި ސަލާމަތީ ބާރުތަކުގެ މެދުގައި ހިނގި
ކުރިމަތިލުންތަކަށްފަހު ފެށުނު ނުތަނަވަސްކަމުގައެވެ. އަނެއްކާވެސް ސީދާ ވައިގެ ދަތުރުތައް
ފެށުމުން ދެގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އަނެއްކާވެސް ބަދަހިވެގެންދާނެކަމަށް
ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް