އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް ޗެލްސީ އާއި ލިވަޕޫލް ދަތުރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓަރ އާ ބައްދަލުކޮށް ޗެލްސީ ރޭ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަވަނަ މިނެޓުގައި ހަޑްސަން އޮޑޯއި ޗެލްސީ އަށް ލީޑު ނަގާދީފައިވާ އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ.
ލިވަޕޫލް މުބާރާތުގެ ހަތަރުވަނަ ބުރަށް ދިޔައީ އެވަޓަންއާ ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ.
މި މެޗުގައި އެވަޓަން އިން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެޑްރިއަންއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީ 3 ޕޮއިންޓު ޔަގީންކޮށްދީފައެވެ. 18 އަހަރުގެ ޖޯންސް މި ގޯލު ކާމިޔާބުކުރި އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް