މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އެމްޑީޕީގެ ޕްރައިމަރީން ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ދެތިން ބޭފުޅަކު ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ސިޓީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލުކުރައްވާ އަހުމަދު ނިޔާޒް އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އިބްރާހިމް ރަޝީދު (ބުރޯ ރަޝީދު) ހިމެނެއެވެ.
"ކުރީފަހަރު ގާނޫނުތަކާ އެއްޗެހި އޮތްގޮތުން ކަންތައް ކުރުމަށް ހުރަސް އެޅޭތީވެ މިފަހަރު އެ ހުރަސްތައް ނެތީމަ އެއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެތީވެ މި ކުރިމަތިލަނީ" ދުވަށް މައުލޫމާތުދެއްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.
މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވީ ސަރަނގު އާދަމް މަނިކެވެ. ނަމަވެސް މޭޔަރުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް