ފަރަށް އަރާފައިވާ ދޯންޏަކުން، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނައިރު އެ ކެޕްޓަންގެ ވަނަވަރު ސިފައިން ހާމަކޮށްފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ފަރަށް އެރި ދޯނިން ގެއްލިގެން ހޯދަނީ ހދ. ކުޅުދުއްފުށި ސިޓީ، ހުރަވީ ނާޒް ގޭ އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފް ކަމަށެވެ.
އޭނާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެ ދޯނި ފަރަށް އަރާފައިވާ ސަރައްދު މޫދު އަޑިން މާސްކަކާއި ސޯޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ތިން މީހުނާއެކު، މުދާ އުފުލާ “ޓީޓީއެސް ފާން” ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އެރިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:09ގައި ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެއެވެ. އަދި ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބިއިރު ދިވެހި މީހާ މިހާރު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް