ފަރަށް އެރި ދޯނީގެ ކެޕްޓަން ހޯދަން ކުރި މަސައްކަތުން މޫދު އަޑިން މާސްކަކާއި ސޯޓެއް ފެނިއްޖެ

ފަރަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ސަރަހައްދު މޫދު އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މީޑިއަތަކަށް މ...

06 Jan 2020 | 07:40

ފަރަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ސަރަހައްދު މޫދު އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީޑިއަތަކަށް މައުލޫމާތުދެމުންއ އެމްއެންޑީއެފުން ބުނީ ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ އެ ސަރަހައްދުގައި ޑައިވް ކުރަމުން ކަމަށެވެ.

"މިހާތަނަށް ކުރި ޑައިވް އިން އެ ސަރަހައްދު އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވޭ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

ތިން މީހުނާއެކު، މުދާ އުފުލާ “ޓީޓީއެސް ފާން” ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އެރިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:09ގައި ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެއެވެ. އަދި ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބިއިރު ދިވެހި މީހާ މިހާރު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް