ފިލްމީތަރި މަލްގެ މައްޗަށް އިތުރު ދައުވާއެއް، މިފަހަރު ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުން

ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އިތުރު ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފިއެވެ. ޕީޖީ އޮފީހުން އުފުލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާ...

06 Jan 2020 | 07:01

ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އިތުރު ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފިއެވެ.

ޕީޖީ އޮފީހުން އުފުލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން މަލް އާއި އިތުރު 11 މީހަކު ހައްޔަރު ކުރުމަށް ފަހު ކުޑަކަމުދާ ތަކެތި ދޭން އެންގުމުން ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރުމުން އެކަމުގެ ދައުވާއެވެ.

މި މައްސަލައިގާ ހިމެނޭ ހަ ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާވެސް ޕީޖީ އޮފީހުން ވަނީ އުފުލާފައެވެ.

މަލްގެ މައްޗަށް މީގެކުރިން ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އިތުރު އަންހެނާއެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައިވެސް ދައުވާ އުފުލާފައެވެ. މި މައްސަލާގައި މަލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާއެއް ދައްކަން ޖެހޭ އިރު، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް