މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ފަށާ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަސް ކަމުގައި ހަމަޖައްސައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ތިނެއް ފެބްރުއަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އެ ދުވަހު ހުޅުވާއިރު ކޮންމެ އަހަރެއްގައިވެސް މަޖިލިސް ހުޅުވާ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވާނެއެވެ.
ތިނެއް ފެބްރުއަރީގައި މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުން އޮތް އިރު އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް