ފަރަކަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.
މީޑީއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ތިން މީހުނާއެކު، މުދާ އުފުލާ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އެރިކަމުގެ ރިޕޯޓް މިއަދު ހެނދުނު 08:09ގައި ލިބިފައިވާކަމަށެވެ.
ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބިއިރު ދިވެހި މީހާ މިހާރު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ދިވެހި މީހާ (37 އަހަރު) ދޯނީގެ ކެޕްޓަން ގެއްލިގެން އުޅޭކަމަށް ވަނީ ރިޕޯޓް ލިބިފައި" އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނަނީ ކައްޕިގެ ދަބަހާއި ފޯނު ދޯނީގައި އެބަ އޮތް ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް