ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވި ޔޮޓް މިހާރު އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނީ އެ ޔޮޓް މިއަދު ހެނދުނު 09:32 ހާއިރު އަޑިއަށް ގޮސްފައިވާކަމަށެވެ.
"ވެރިޓާ" ނަމަކަށް ކިޔާ މި ޔޮޓަކީ ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅުގައި އަޅާފައި އޮތް ޔޮޓެކެވެ. މި ޔޮޓަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ޔޮޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި މި ޔޮޓްގައި ރޯވި އިރު ތިން މީހަކު އޭގައި ތިއްބެވެ. ނަމަވެސް އެމީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ޔޮޓުގައި ރޯވި އަލިފާން ނިއްވަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން މސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ބޯޓު އަޑިއަށް ދިޔައިރު އެއްކޮށް އަލިފާން ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް