ސިޔާސީ ގޮތުން އަދަބު ލިބުނު ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅައިފައިވާ ފަރާތްތަކާއި، އެކިއެކި ޙުކުމްތައްކޮށް، އެޙުކުމްތައް ތަންފ...

06 Jan 2019 | 14:27

ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅައިފައިވާ ފަރާތްތަކާއި، އެކިއެކި ޙުކުމްތައްކޮށް، އެޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މިގޮތުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިވަޑައިގަންނަވަމުން ގެންދަވާތީއެވެ.

މި ފުރުޞަތު ކުރިން ހުޅުއްވައިލައްވައިފައި ވަނީ 6ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެގޮތުން، އެކަމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައި، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފަށްޓަވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް