ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާ ސީދާ ޖެންޑަރގެ ބެލުމުގެ ދަށަށް

ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތައް ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. ރައ...

06 Jan 2019 | 14:19

ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތައް ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި ފިޔަވަތި" އާއި، "ކުޑަކުދިންގެ ހިޔާ" އާއި، "އަމާންހިޔާ" އާއި، "ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ތައް، 2019 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން ސީދާ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިތަންތަން ކުރިން ހިންގަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް