މީރުބަހުރު ބަނދަރުގައިވާ ނޯތު ޕޯޓް ކެފޭ ބީލަމަށް ލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީރު ބަހުރު ބަނދަރުގައި ހަދާފައިވާ ނޯތު ޕޯޓު ކެފޭ ބީލަމަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމްޕީއެލްއިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެ...

06 Jan 2019 | 13:48

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީރު ބަހުރު ބަނދަރުގައި ހަދާފައިވާ ނޯތު ޕޯޓު ކެފޭ ބީލަމަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމްޕީއެލްއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ އެމްޕީއެލްފަދަ ކުންފުންޏަކުން ކެފޭއެއް ހިންގުމަކީ ގަބޫލުކުރެވޭކަމެއް ނޫންކަމަށާއި ކުރީގެ މެނޭޖްމަންޓުން އެކަމާއި ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައިވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކުންފުނީގެ މިހާރުގެ ވިސްނުމަކީ އެ ކެފޭ ބީލަމަށް ލައިގެން ބަޔަކާއި ހަވާލުކުރުން ކަމުގައި ޝާހިދު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އެ ކެފޭ ބަޔަކަށް ކުއްޔަށް ދިނުމުން އެމްޕީއެލް އަށް އާމްދަނީއެއް ލިބިގެންދާނެކަމަށާއި މީގެ އިތުރުން އެ ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކަށްވެސް ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

އެމްޕީއެލްއިން އެ ކެފޭ ހިންގަން ފެށުމަށްފަހު ގެއްލުންވާތީ އެ ކެފޭ ހިންގުން ހުއްޓާލިއެވެ. އަދި ބަޔަކާއި ހަވާލުކޮށްގެންވެސް ހިންގަން ފެށިއެވެ. ނަމަވެސް ބަޔަކާ ހަވާލުކުރުމުންވެސް އެ ކެފޭ ކުރިއަށް ގެންގޮސްފައިވަނީ މަދު ދުވަސްކޮޅަކުއެވެ.

އެމްޕީއެލްގެ ކޯޕަރޭޓިވް ސޮޝައިޓީން، މީރުބަހުރު ބަނދަރުގައި އެ ކެފޭ ހުޅުވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ކެފޭގެ އިތުރުން އެމްޕީއެލް ކޯޕަރޭޓިވް ސޮޝައިޓީގެ ފިހާރައަކާއި ޖޫގޯ ޕޮއިންޓެއްވެސް ހަމަ އެ ބަނދަރުގައި ހުޅުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް