ރޭގެ ވަގުތެއްގައި ސ. ހިތަދޫގައި ނުރައްކާތެރި މާރާމާރީއެއް ހިނގައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީގެ ސަބަބުން އެކަކުގެ ހާލަތު ވަރަށް ސީރިއަސްއެވެ.
ސ.ހިތަދޫގައި މިހާދިސާ ހިނގާފައިވަނީ ރޭގަ 11 ޖަހާކަށް ހާއިރެވެ. މި މާރާމާރީގައި ވަނީ ދެމީހުންނަށް ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ. މިދެމީހުންނަށްވެސް ހަމަލާ ދީފައިވަނީ އެމީހުން ދިރިއުޅޭ ގޭ ކައިރިންނެވެ. މިދެމީހުންނަށް ހަމަލާ ދިނީ މީހަކު ގޮވާ އަޑަށް ގޭ ދޮރުމައްޗަށް ނިކުން ގަޑީގައި ކަަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މާރާމާރީގައި ޒަހަމް ކޮށްލާފައިވާ ދެމީހުންނަށް ވެސް މިވަގުތު ފަރުވާ ދެމުން ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ. ހާލު ސީރިއަސް ވެގެން ފަރުވާ ދެމުންގެންދާ މީހާއަށް ހަމަލާ ދިނީ ދަގަނޑު ހޮޅިބުރިއަކުންނެވެ. އަދި އެ ދަގަންޑު ހޮޅިބުރިން ޖަހާފައިވަނީ އެމީހާގެ ބޮލުގައި ކަަމަށްވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލަ މިހާރުވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް މިމާރާމާރީ ހިންގީ ކޮންބައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއްވެސް އަދި ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް