ޕީއެސްއެމްގެ ޗެއަރމަނަކަށް ހިލްމީ، ބޯޑް މެމްބަރަކަށް މަރީ

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއަރމަނަކަށް، ތ.ވިލިފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީ އައްޔަންކުރައްވައިފިއެވެ. އަދި ޕީއެސްއެމްގެ ބޯޑް މެމްބަރުގެ މަގާމާށް ގ.ހިލްމަން މަރިޔަމް ވަހީދާ އައްޔަން...

06 Jan 2019 | 07:34

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއަރމަނަކަށް، ތ.ވިލިފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީ އައްޔަންކުރައްވައިފިއެވެ. އަދި ޕީއެސްއެމްގެ ބޯޑް މެމްބަރުގެ މަގާމާށް ގ.ހިލްމަން މަރިޔަމް ވަހީދާ އައްޔަން ކުރައްވައިފިއެވެ.

އިބްރާހިމް ހިލްމީއަކީ އެންމެ ފުރަތަމަ ޕީއެސްއެމްއިން ހެއްދި ބޯޑުގެ ވައިސް ޗެއަރމަންގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މަރިޔަމް ވަހީދާއަކީ ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ހޯއްދަވައިގެން ހުންނެވި ބޭކަނބަލެކެވެ. މަރިޔަމް ވަހީދާވަނީ ޓީވީއެމަށް އަދި ދިވެހި ރާއްޖޭގެ އަޑަށްވެސް މަސައްކަތް ކުރައްވާފައެވެ. އަދި، ޕީއެސްއެމް ހިންގުމަށް ކުރިން އެކުލަވާލެއްވި ބޮރޮޑްކާސްޓިންގް ކޮމިޝަންގެ ބޯޑް މެމްބަރުކަންވެސް ކުރައްވާފައެވެ.

ޕީއެސްއެމްގެ ޗެއަރމަންގެ މަގާމުގެ އިތުރުން، ބޯޑަށްވެސް ވަނީ މިއަދު މެމްބަރުން އަންޔަންކުރައްވާފައެވެ. ރައީސް އިބްރާހިމް ސޯލިހު ޕީއެސްއެމްގެ ބޯޑަށް މިގެންނެވި ބަދަލުތަކާއި އެކީ މިހާރު ބޯޑްގައި ހިމެނިވަޑައިގަންނަވާ ބޭފުންނަކީ، ޗެއަރމަން އިބްރާހިމް ހިލްމީއާއި،ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ހާލިދާއި، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަމީމް އަދި ބޯޑަށް އަލަށް އައްޔަން ކުރެއްވި މެމްބަރު މަރިޔަމް ވަހީދާއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގައި ވާހަކަ ދައްކަވަމުން މީގެ ހަފްތާއެއް ކުރިން ރައީސް އިބްރާހިމް ސޯލިހް ވިދާޅުވި ގޮތުގައި ޕީއެސްއެމްއިން ސިޔާސީ ނުފޫޒް ފޮހެލާ، ޕީއެސްއެމް އަކީ ރައްޔިތުންގެ ޓީވީއަކަށް ހަދާދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް