ފަޓުލޫނު ތެރޭގައި ސިންގަޕޫރަށް ހަތަރު ބުޅާ އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ފަޓުލޫނުގެ ތެރެއަށް ލައިގެން ހަތަރު ބުޅާ، ސިންގަޕޫރަށް އެތެރެ ކުރަން މީހަކު މަސައްކަތްކޮށްފިއެވެ. ސިންގަޕޫރުގެ އިމިގްރޭޝަން އޮފިޝަރުން އެމީހުންގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާގޮތުގައި ޓުއާސް ޗެކްޕޮއިން...

06 Jan 2019 | 05:45

ފަޓުލޫނުގެ ތެރެއަށް ލައިގެން ހަތަރު ބުޅާ، ސިންގަޕޫރަށް އެތެރެ ކުރަން މީހަކު މަސައްކަތްކޮށްފިއެވެ.

ސިންގަޕޫރުގެ އިމިގްރޭޝަން އޮފިޝަރުން އެމީހުންގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާގޮތުގައި ޓުއާސް ޗެކްޕޮއިންޓުގައި ހުއްޓުވި ކާރެއްގައި އިން މީހަކާއިމެދު ޝައްކުވީ ބުޅާ ގޮވާ އަޑު އިވުމުންނެވެ. އަދި އޭނާ ބަލާ ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ތެރެއިން ހަތަރު ބުޅާ ފެނުނު ކަމަށް ބުނެފައިވެއެވެ.

ސިންގަޕޫރު އިމިގްރޭޝަން އޮފިސަރުން ބުނެފައިވާގޮތުގައި އެކަން ކުރަން އުޅުނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާ މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަތަރު ބުޅާ ކަރަންޓީނު ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން ދިރޭ ދޫންޏާއި ޖަނަވާރު އެތެރެކުރަން ވާނީ އެކަމުގެ ހުއްދަ އޮވެގެންނެވެ. ނޫންނަމަ 10 ހާސް ޑޮލަރުން ޖޫރިމަނާ ކުރުމާއި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އޮވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް