ފްލައިޓު ފުރާގަޑީގެ ތިން ގަޑިއިރުކުރިން ފުރާ މީހުން ޗެކިން ވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން އިލްތިމާސް ކޮށްފިއެވެ.
މި ދުވަސްވަރަކީ ބަންދު ދުވަސްވަރާ ދިމާވުމުން. އެއަރޕޯޓުގައި ވަރަށް ބާރުބޮޑުވެފައިވާ ކަމަށާއި، ފްލައިޓު ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންވަނީ ހާމަކުރައްވާފައެވެ.
ފްލައިޓު ތަކަށް ކުރިއާލައި ޗެކިން ވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސް ކޮށްފައި ވާއިރު، އެއަރޕޯޓުގެ ބާރުބޮޑުވުމުގެ ސަބަބުން ފްލައިޓު ޑިލޭވެދާނެކަމަށާއި، އެކަމުން ދިމާވެދާނެ ދަތިތަކަށްވެސް މީގެ ކުރިން ވީއައިއޭއިން ވަނީ މާފަށް އެދިވަޑައިގަންނަވާފައެވެ.
ވީއައިއޭއިން އެންމެ ގިނަ ފްލައިޓު ޖައްސާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުގައި ކަމަށާއި، ޓްރެފިކް މޫވްމަންޓު (އޭޓީއެމް) ރެކޯޑު ވެސް އެދުވަހު މުގުރާލާފައިވާ ކަމަށް ވީއޭއައި އިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް