މައުމޫންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއިދާއެކު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުްނ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާފ...

06 Jan 2019 | 05:00

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއިދާއެކު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުްނ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ މައުމޫން ރިފޯމް މޫމަންޓުން ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫން (އެމްއާރުއެމް) ގެ ތާއީދާއި އެކު ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން މެސެޖަކުން 7965444 އަކަށް އަންގާލަދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލައި، ޖަލަށް ލެއްވި ހިސާބުން، އެމަނިކުފާނު އެމްއާރުއެމްގެ ނަމުގައި ސިޔާސީ ހަރަކާތްތަކެއް ފައްޓަވާފައި ވާއިރު، ރައީސް އަބްދުﷲ ޔާމީން އަށް ވެސް ޕީޕީއެމް ލިބިވަޑައި ނުގަންނަވާނެ ކަމުގެ ބިރުގައި މިހާރު ވަނީ އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް