ސައުދީގައި ކޮންމެ އަހަރަކު ދެމުން އަންނަ "ގްރެޓުއިޓީ" ބޯނަސް، މި އަހަރުވެސް ދިނުމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވައިފި އެވެ. މިއީ ސިވިލް ސާވިސް މުވައްޒަފުންނަށް ކޮންމެ އަހަރަކު ދެމުން އަންނަ ބޯނަހެކެވެ.
މިކަމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވުމާއެކު އެކެއް ޖަނަވަރީ އަށް ވަޒީފާގައި އުޅޭތާ އަހަރެއް ފުރޭ ކޮންމެ މުވައްޒަފަކަށް މި ބޯނަސް ލިބިގެންދާނެ އެވެ. މި ބޯނަސް ދިނުމުގައި ބަލަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ އެކަކުން އަނެއް އަހަރުގެ ޖަނަވަރީ އެކަކަށެވެ.
މިގޮތުން ލިވިން އެލަވެންސްގެ ގޮތުގައި ކޮންމެ މަހަކަށް، އަސްކަރިއްޔާ އަދި ސިވިލް ސާވަންޓުންނަށް މަހަކު 1000 ރުފިޔާ ދިނުމަށް ނިންމާފައި ވެ އެވެ. އަދި އަސްކަރިއްޔާގައި އޮޕަރޭޝަންސްތަކުގައި އުޅޭ ސިފައިންނަށް އަހަރަކަށް 5000 ރިޔާލު ދިނުމަށްވެސް ނިންމާފައި ވެ އެވެ. މީގެ އިތުރުން ސޯޝަލް އިންސުއަރެންސަށް 500 ރިޔާލު އަދި ސޯޝަލް ސެކިއުރިޓީއަށް 500 ރިޔާލު ދިނުމަށް ނިންމާފައިވާކަމުގައިވެސް ސައުދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް