މާލެއިން ފުރައިގެން ގދ އަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އުރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން ގދ އަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ތ ކަޅުފަހަލަފުށި ކިޔާ ފަޅު ރަށެއްގެ ފަރަށް އުރުމާއި ގުޅިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އެ ދޯނި ފަރަށް އުރުނު އިރު ދޯނީގައި ނުވަ މީހަކު ތިބި ކަމަށާއި އެއީ ހަތަރު ދިވެހިންނާއި ބޭރު ފަސް މީހަކު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 3:08 ގައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް