މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ނޮކިއާ ކުންފުނިން އަލަށް ތައާރަފުކުރި "ދަ ނޮކިއާ 6" ބަދަލުތަކަކާއެކު ދައްކާލައިފި އެވެ.
އަލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މައިކްރޯ ޔޫއެސްބީގެ ބަދަލުގައި ޔޫއެސްބީ ސީ ޕޯޓަކަށް ބަދަލުކޮށްލުމާއި ރޭމް ސައިޒް ތިން ޖީބީން ހަތަރު ޖީބީއަށް ބަދަލުކޮށްލުމާއި ފިންގަރޕްރިންޓް ސްކޭނަރު ކުރިމަތިން ފުރަގަހަށް ބަދަލުކޮށްލުން ހިމެނެ އެވެ.
ފޯނަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޕްރޮސެސާ އަޕްގްރޭޑް ކޮށްލުންވެސް ހިމެނޭއިރު އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ޗައިނާގައި މި ފޯނު ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު އެހެނިހެން މާކެޓްތަކުގައި މި ފޯނު ވިއްކަން ފަށާނެ ތާރީހެއް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.
32 ޖީބީ އަދި 64 ޖީބީ ސްޓޯރޭޖް އޮޕްޝަނާއެކު އުފައްދާފައިވާ މި ފޯނުގެ އަގަކީ 230 ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް