ބޮޑު ކަންނެއްޔެއް 36 މިލިޔަނަށް ވިއްކާލައިފި

ޖަޕާނުގެ ސުކީޖީ މާކެޓްގައި ބޮޑު ކަންނެއްޔެއް 36.5 މިލިޔަން ޔެން (320،000 ޑޮލަރު) އަށް ވިއްކާލައިފި އެވެ. މި އަގުގައި ވިއްކާލާފައިވަނީ ބަރުދަނުގައި 892 ރާތާ (405 ކިލޯ) ހުރި ބޮޑު ކަންނެއްޔެކެވެ. މި ކަން...

05 Jan 2018 | 23:36

ޖަޕާނުގެ ސުކީޖީ މާކެޓްގައި ބޮޑު ކަންނެއްޔެއް 36.5 މިލިޔަން ޔެން (320،000 ޑޮލަރު) އަށް ވިއްކާލައިފި އެވެ. މި އަގުގައި ވިއްކާލާފައިވަނީ ބަރުދަނުގައި 892 ރާތާ (405 ކިލޯ) ހުރި ބޮޑު ކަންނެއްޔެކެވެ.

މި ކަންނެލި ވިއްކާލާފައިވަނީ ނީލަމެއްގައި އެވެ. މިއީ ސުކީޖީ މާކެޓްގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ނީމަލެކެވެ.

މި ނީލަމުގައ މިހާތަނަށް އެންމެ އަގުބޮޑުކޮށް ބޮޑު ކަންނެއްޔެއް ވިއްކާފައިވަނީ 2013 ވަނަ އަހަރުގައި އެވެ. އެ އަހަރު 155 މިލިޔަން ޔެން އަށް ބޮޑުކަންނެއްޔެއް ވިއްކާފައިވާއިރު އެއީ ކިލޯއެއް 90 ހާސް ޔެން (789 ޑޮލަރު)ގެ މަގުން ވިއްކި ވިއްކުމެކެވެ.

މި އަގުގައި ބޮޑުކަންނެއްޔެއް ނީލަމުގައި ގަނެފައިވަނީ ޖަޕާނުގެ ކިޔޮމޫރާ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަކީ ސުޝީ ރެސްޓޯރެންޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

މި އީ ކޮންމެ އައު އަހަރަކާއި ދިމާކޮށް ޖަޕާނުގެ ސުކީޖީ މާކެޓްގައި ކުރިއަށްގެންދާ ނީލަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް