ގެވެށި ފަރުވާ: ތަދުތަކަށް އަދި ސްޓްރެސް ފިލުވާލުމަށް ފެންގް ފޫ ތެރަޕީ !

އާންމު ދިރިއުޅުމުގައި ކުދި ކުދި ތަދުތަކާއި ކުރިމަތިލާން ޖެހުނަސް އެއީ މާ ބޮޑުކަމެއް ކަމުގައި އަހަރެމެން ނުދެކެމު އެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ބޮޑެތި އަދި ދިގުދެމިގެންވާ ތަދުތަކަށް ބަދަލުވަނީ މި ...

05 Jan 2018 | 23:10

އާންމު ދިރިއުޅުމުގައި ކުދި ކުދި ތަދުތަކާއި ކުރިމަތިލާން ޖެހުނަސް އެއީ މާ ބޮޑުކަމެއް ކަމުގައި އަހަރެމެން ނުދެކެމު އެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ބޮޑެތި އަދި ދިގުދެމިގެންވާ ތަދުތަކަށް ބަދަލުވަނީ މި ކުދި ކުދި ތަދު ތަކެވެ.

މިފަދަ ކުދި ކުދި ތަދުތަކަށް އަދި އިތުރު ގިނަ ކަންތައްތަކަކަށް ޗައިނާގައި ހާއްސަ ތެރަޕީ އެއް އޮވެ އެވެ. ނަމަކީ "ފެންގް ފޫ" ތެރަޕީ އެވެ.

ޗައިނީސް މެޑިސިން ބުނާގޮތުން ފުށަބޮލުން ތިރީގައި ކަރާއި ނާށިގަނޑާއި ގުޅޭ ހިސާބުން (ލޯވަޅެއް ހުންނަހެން ހީވާ ހިސާބު) އަށް ކިޔަނީ ޗައިނާ ބަހުން ނަމަ "ފެންގް ފޫ" އެވެ. ތަރުޖަމާއަށް ބަލާނަމަ އެއީ "ވިންޑް ޝެލްޓަރ" އެވެ.

ޗައިނާ މީހުން ގަބޫލުކުރާގޮތުންނަމަ އައިސް ކިއުބް ފޮތިކޮޅަކަށް އެޅުމަށްފަހު ނުވަތަ "ޒިޕް ލޮކަރ" އަކަށް އެޅުމަށްފަހު، ބަންޑުން އޮށޯވެ ކަރުމަތީގެ "ފެންގް ފޫ" ޕޮއިންޓްގައި އައިސްކިއުބް ފޮތިކޮޅު ނުވަތަ ޒިޕްލޮކަރ ޖައްސައިގެން 20 މިނެޓު މަޑުކޮށްލަންވީ އެވެ. އެ ޕޮއިންޓްގައި ފޮތިކޮޅު ނުވަތަ ޒިޕްލޮކަރ ބަނދެލައިގެން ހިނގިޔަސް އަދި އިށީނދެ އިނަސް މައްސަލައެއް ނެތްކަމަށް އެމީހުން ބުނެތެވެ.

އެންމެ ފުރަތަމަ ފިނިވާލެއް ބޮޑުކަމުން އުނދަގޫވެ، ކެތް ނުކުރެވި ނަގަން ބޭނުންވެދާނެ އެވެ. ނަމަވެސް އެމީހުން ބުނާގޮތުގައި 30 ނުވަތަ 40 ސިކުންތު މަޑުކޮށްލުމުން އަސަރު ފެންނަން ފަށާނެ އެވެ. މީހާ ރިފްރެޝް ކޮށްދޭ ކަމަށް ބުނެތެވެ.

މިކަމުން ވާ ފައިދާތަކަށް ދެން ބަލައިލަމާހެއްޔެވެ.

ބޮލުގައި ރިހުން

އެކި އެކި ސަބަބުތަކާއިހުރެ ބޮލުގައި ރިހޭ ރިހުން މި ތެރަޕީން ފަސޭހަ ކޮށްދެ އެވެ. އަދި ތަކުރާރުކޮށް ބޮލުގައި ރިހުމުން މި ތެރަޕީ ދުރުކޮށްދެ އެވެ.

ކަނބަލުންގެ މައްސަރު ކަންތަކަށްވެސް ހައްލެއް

ކަނބަލުންނަށް މައްސަރު މައްސަލަ ވެފައި އޮންނަނީ ބޮޑު މައްސަލައަކަށެވެ. ބައެއް ފަހަރު "ސައިކަލް" އިން ކައްސާލުމެވެ. ނަމަވެސް ޗައިނީސް މެޑިސިން ބުނާގޮތުގައި ފެންގް ފޫ ތެރަޕީ އަކީ މިކަމަށްވެސް ހައްލެކެވެ.

ތައިރޮއިޑް މައްސަލަ

މި ތެރަޕީގެ ސަބަބުން ބޭސް ކެއުމާއިނުލާ ތައިރޮއިޑް ފަސޭހަ ކޮށްދެނީކީ ނޫނެވެ.ނަމަވެސް ބޭސް ކަމުން މި ތެރަޕީ ކުރިއަށް ގެންދާނަމަ މި ބަލިން ފަސޭހަވުމުގެ ސްޕީޑް އަވަސް ކޮށްދެ އެވެ.

ނިދީގެ ކޮލިޓީ ރަނގަޅުކޮށްދޭ

ފެންގް ފޫ ތެރަޕީ އަކީ ނިދީގެ ކޮލިޓީ ރަނގަޅުކޮށްދޭ، އަދި ނިދަން އުނދަގޫވާނަމަ ރަނގަޅު ހައްލެއް ކަމުގައިވެސް ޗައިނީސް މެޑިސިންސް ބުނެ އެވެ.

ހަޖަމުގެ މައްސަލަ ރަނގަޅުކޮށްދޭ

ފެންގް ފޫ ތެރަޕީ، ރަނގަޅަށް ކުރިއަށް ގެންދާނަމަ މި ތެރަޕީގެ ސަބަބުން ހަޖަމުގެ މައްސަލައާއި ބަނޑުގައި ވައި ހެދުމުގެ މައްސަލައަށްވެސް ހައްލު ލިބޭކަމަށް އެމީހުން ބުނެތެވެ.

އާންމު ރޯގާތަކުން ދުރުކޮށްދޭ

މޫސުމަށް އަންނަ ބަދަލުތަކުންނާއި އުޅޭތަން ބަދަލުވުމުން ރޯގާ ޖެހުމަކީ އާންމު ކަމަކަށް އޮންނަނީ ވެފައި އެވެ. ފެންގް ފޫ ތެރަޕީ ނަގާނަމަ މިފަދަ ކުދި އަދި އާންމު ރޯގާތަކުން ދުރުކޮށްދެ އެވެ.

ސްޓްރެސް ފިލުވައިދީ، މޫޑު ރަނގަޅުކޮށްދޭ

ފެންގް ފޫ ތެރަޕީގެ ސަބަބުން، ސްޓްރެސް ފިލުވައިދެ އެވެ. އަދި މޫޑު ރަނގަޅުކޮށްދެ އެވެ.

މި ތެރަޕީގެ އަސަރު ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ދުވާލަކު ދެ އިރު މިކަން ގަވާއިދުން ކޮށްގެން ކަމަށް ޗައިނާ މީހުން ބުނެތެވެ. އެއީ ހެނދުނު ހޭލުމަށްފަހުގައްޔާއި ނިދުމުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް