ރާއްޖެއިން އޮމިކްރޯން ވޭރިއަންްޓް ފެނިއްޖެ

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ވޭރިއަންޓް ފެނުނީ ފަތުރުވެރި...

05 Dec 2021 | 18:12

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ވޭރިއަންޓް ފެނުނީ ފަތުރުވެރިއެއްގެ ގައިން ކަމަށެވެ.

"ޖެނޯމިކް ސީކުއެންސް ކުރިއަށްގެންދިޔައިރު މި ވޭރިއަންޓް ފެނުނީ ފަތުރުވެރިއެއްގެ ގައިން، އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނަން" އެޗްޕީއޭއިން ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1467553571491106816

މިކަމާއި ގުޅޭގޮތުންް އެޗްޕީއޭއިން އަދި މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިިބިފައިވާގޮތުގައި މި ވޭރިއަންޓަށް ޕޮޒިޓިވް ވީ އއ. އަތޮޅުގައި ހިންގަމުން އަންނަ ސޭންޑީސް ބަތަލާ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިއެއްގެ ގައިންނެވެ. އެ ފަތުރުވެރިއަކީ ދެކުނު އެފްރިކާއަށް ނިސްބަތްވާ ފަތުރުވެރިއެއްކަންވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 27ގައި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއިން އަދި މި ވޭރިއަންޓަށް ޓެސްޓެއް ނުހެދެއެވެ. އެހެންކަމުން މިއީ އޮމިކްރޯން ވޭރިއަންޓްކަން ކަށަވަރުކުރެވިފައިިމިވަނީ ޖެނޮމިކް ސީކުއަންސްގެ ތެެރެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރި ކުރުމުންނެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް