އެމްޓީސީސީ ބަސް ކާޑުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޭން ފަށައިފި

އެމްޓީސީސީ ބަސް ކާޑު ރީލޯޑުކޮށް ވިއްކާ ތަންތަން އިތުރު ކޮށްފި އެވެ. އެމްޓީސީސީން މިއަދު ބުނީ ހުޅުމާލޭ އާއި މާލޭގެ ތިން ތަނެއް އެ ހިދުމަތްތައްދޭ ތަންތަނުގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭ...

05 Dec 2021 | 16:34

އެމްޓީސީސީ ބަސް ކާޑު ރީލޯޑުކޮށް ވިއްކާ ތަންތަން އިތުރު ކޮށްފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމާލޭ އާއި މާލޭގެ ތިން ތަނެއް އެ ހިދުމަތްތައްދޭ ތަންތަނުގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ކިބިގަސް މަގުގައި ހުންނަ މޯލްޑިވްސް ޕޯސްޓާއި ވެލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓުގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގެ "އެޗްސީޔޫ މާޓް" އެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މިތަންތަނުން ބަސް ދަތުރު ކާޑު ވިއްކުމާއި ކާޑު ރީލޯޑް ކުރުމުގެ އިތުރުން ސިންގަލް ޖާނީ ޓިކެޓް ލިބޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާނަމަ އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އަދި އެމްޓީސީސީގެ ބަސް އެޕްލިކޭޝަން މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.

މީގެ އިތުރުން އެމްޓީސީސީގެ ކޯލް ސެންޓަރުގެ ނަމްބަރު 1650 އަށް ގުޅުމުން ވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް