ޔާމީނަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފި އެވެ. ކްރިމިނަލް ކޯޓުގެ މާދަމާގެ ޝަރީއަތުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި މާދަމާ ޔާމީންގެ ދެ އަޑުއެހުމެއް އެބައޮތެ...

05 Dec 2021 | 14:59

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ޝަރީއަތުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި މާދަމާ ޔާމީންގެ ދެ އަޑުއެހުމެއް އެބައޮތެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ދެ އަޑުއެހުންވެސް އޮތީ ހެނދުނު9:00 ގައި އެވެ. މި އަޑުއެހުންތަކަކީ ފުއްގިރި މައްސަލައިގައި ބާއްވާ އަޑުއެހުންތަކެކެވެ.

މީގެ ކުރިންވެސް މި މައްސަލައިގަ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވާފައިވެ އެވެ.

އެހެން މައްސަލައިގަ މަނީލޯންޑަރިންގެ ދައުވާ އުފުލުމުން އެ މައްސަލަ ސާބިތުގެ ޔާމީން ވަނީ ފަސް އަހަރަށް ޖަލަށް ލާން2019 ވަނަ އަހަރު ހުކުމް ކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް