މިފަހަރު ސިޔާސީ މަގާމް ދިނީ އެމްއާރުއެމް އާއި އަދާލަތަށް

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އަދާލާތު ޕާޓީގެ އިސް ދެ ބޭފުޅަކަށް ސިޔާސީ މަގާމު ހަމަޖައްސައި ދީފި އެވެ. އެ ދެ ބޭފުޅުންނަކީ އެމްއާރުއެމްގެ ކައުންސިލު މެމްބަރު އަލީ ތާއީފެވެ. އޭނާ އައްޔަ...

05 Dec 2021 | 13:58

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އަދާލާތު ޕާޓީގެ އިސް ދެ ބޭފުޅަކަށް ސިޔާސީ މަގާމު ހަމަޖައްސައި ދީފި އެވެ.

އެ ދެ ބޭފުޅުންނަކީ އެމްއާރުއެމްގެ ކައުންސިލު މެމްބަރު އަލީ ތާއީފެވެ. އޭނާ އައްޔަން ކުރައްވާފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ތޫބާ ރަޝީދު އައްޔަން ކުރައްވާފައިވަނީ ޔޫތް މިނިސްޓްރީގެ  ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. މި ދެ ބޭފުޅުން މަގާމަށް އައްޔަން ކުރީ މިދިޔަ ހަފްތާ ތެރޭގައި އެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެންމެ ފަހުން ސިޔާސީ މަގާމެއް ދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓު އައިމިނަތު ޝަތުފާއަށެވެ. އޭނާ މިދިޔަ މަހުގެ މެދު ތެރޭގައި އައްޔަން ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

އާންމުކޮށް ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ބޭފުޅުންގެ އެންމެ ދަށް މުސާރައަކީ 25،000 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް