އިނިގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް އެކުލަވާލި ޔުނައިޓެޑްގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.
ޔުނައިޓެެޑާއި އަލަށް ހަވާލުވި ވަގުތީ ކޯޗު ރަލްފް ރަންގްނިކް އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ހިމެނުނު އިރު، އެންމެ ފަހުން އާސެނަލްއާ ދެކޮޅަށް ކުޅެ ޔުނައިޓެޑް މޮޅުވި މެޗުގައި ކަކުލަށް އަނިޔާވެ މި މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވިދާނެ ކަމަށް ކުރިން ވަނީ ބެލެވިފައެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން އާސެނަލްއާއި ދެކޮޅަށް ކުޅެ ޔުނައިޓެޑް 2-3 ގެ ނަތީޖާއިން މޮޅުވި މެޗުގައި ރޮނާލްޑޯއަށް ވަނީ އަނިޔާވެފައެވެ. އަދި ރޮނާލްޑޯ އަށް އަނިޔާވެފައިވަނީ އާސެނަލް ކޮޅަށް ޖެހި ޕެނަލްޓީ ލަނޑަށް ފަހު އުފާ ފާޅު ކުރުމުގެ ތެރޭގައި އޭނާގެ ކަކުލަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެންމެ ފަހުން އާސެނަލްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކާ އެ މެޗުގައި ދެ ލަނޑުވެސް ޖަހާފައެވެ. ނަމަވެސް އެ މެޗުގެ 88 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ބަދަލުކޮށްފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ މެޗުގައި ރޮނާލްޑޯ ބަދަލުކުރީވެސް ކަކުލަށް އަނިޔާ ވުމުންނެވެ.
ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ރޮނާލްޑޯ މިހާރުވަނީ ޓީމާއި އެކު ލައުރީ ހޮޓަލަށް ގޮސްފައިކަމަށް ރިޕޯޓިތައް ބުނެއެވެ.
ޔިނައިޓެޑް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 7:00 ގައެވެ. މިއީ ޔުނައިޓެޑްގެ ކޯޗުގެ މަޤާމާއި ހަވާލުވި ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް