ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ތުރުކީގެ ޤައުމީ އެއާލައިން ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފިއެވެ. އަލަށް ގެނެވުނު ބަދަލާއި އެކު މީގެ ކުރިން ރާއްޖެއަށް ދުވާލަކު ދަތުރެއް ކުރަމުން އައި އެ އެއާލައިނުން ރާއްޖެ...

05 Dec 2021 | 10:24

ތުރުކީގެ ޤައުމީ އެއާލައިން ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފިއެވެ.

އަލަށް ގެނެވުނު ބަދަލާއި އެކު މީގެ ކުރިން ރާއްޖެއަށް ދުވާލަކު ދަތުރެއް ކުރަމުން އައި އެ އެއާލައިނުން ރާއްޖެއަށް ހަފްތާ އަކު 11 ދަތުރު ކުރާނެއެވެ.

މި ދަތުރުތައް އިތުރު ކޮށްފައި ވަނީ ހަފްތާގެ ހޯމަ ދުވަސް ހިމެނޭހެން އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހަށެވެ.

ތުރުކީ އަކީ މިހާރަކަށް އައިސް ގިނަ ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ދަތުރުކުރާ މަޤުބޫލު މަންޒިލެކެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން  ހަތް ވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެއަށް ދަތުރު ކުރަނީ ތުރުކީގެ ޤައުމީ އެއާލައިންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް