ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވައި ބަންދުގައި ހުރި ދެ އަހަރު ދުވަހުގެ އިނާޔަތް ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ2019 ވަނަ އަހަރުގެ ނޮވެމްބަރު28 ވަނަ ދުވަހު އެވެ.
ދެ އަހަރު ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ.
މިނިވަން ވުމާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފިނޭންސް މިނިސްޓްރީއަށް ސިޓީއަކުން އެ މުއްދަތުގައި ނުދީ ހުރި އިނާޔަތްތައް ހަމަޖައްސައި ދިނުމަށް އެދިފަ އެވެ. އެ ސިޓީ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން
"ދުވަސް" އަށް ޔަގީން ކޮށްދެއްވި އެވެ. ޝަނޫން ވިދާޅުވީ މިނިސްޓްރީން އެކަމާއި މެދު މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ވާގޮތުން އެއް ދައުރު ފުރިހަމަކޮށްފައިވާ ކުރީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު50،000 ރުފިޔާ ލިބެ އެވެ. ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000 ރުފިޔާ ލިބޭއިރު އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާ އަދި ބޭސްފަރުވާގެ ހަރަދަށް 700،000 ރުފިޔާ ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް