ސްޕެނިޝް ލީގު: ސޮސިއެޑާޑް އަތުން ހޯދި މޮޅާއި އެކު ރެއާލް އަށް އަށް ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެ...

05 Dec 2021 | 05:57

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ ބަދަލުކުރަން ޖެހުނު އިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ ލޫކާ ޔޮވިޗްއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އޮވެ ނިމުނު ނަމަވެސް ފަހުހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ.

ރެއާލްއަށް މެޗުގައި ލީޑު ނަގައިދިން މި ލަނޑު ޖޮވިޗްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ވިނީސިއަސް ޖޫނިއަރ އެވެ. އަދި އެޓީމުން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ކަސެމީރޯގެ އެހީތެރިކަމާއެކު ޖޮވިޗް އެވެ.

ރޭގެ މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލަށް ވަނީ އަށް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެ ޓީމު ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް