ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންވި ފަހުން ދެއްކެވި ވާހަކަތަކުން އެމަނިކުފާނުގެ ސިކުނޑީގެ އާލާސްކަންފުޅެއް ހުރިކަން ގަބޫލު ކުރެއްވޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަންދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ފަސް އަހަރުގެ ޖަލު ހުކުމުން ޔާމީން މިނިވަން ވުމުގެ އުފާ ފާޅު ކުރުމަށް އިދިކޮޅު ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. "މަރުހަބާ ރައީސް ޔާމީން" ނަމުގައި ބޭއްވި އެ ޖަލްސާގައި ޔާމީން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
އެ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވާ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ ޔާމީން އެރޭ ދެއްކެވި ވާހަކަފުޅުން އެމަނިކުފާނަކީ ސިކުނޑީގެ އާލާސްކަނފުޅެއް ހުރިކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށެވެ. ޔާމީންގެ ވާހަކަފުޅުން އެންމެ ބޮޑަށް ފާހަގަވި
އެއްކަމުގެ ގޮތުގައި އަނދުން ހުސައިން ފާހަގަ ކުރެއްވީ ވަޒިފާ އާއި ގުޅިގެން ދެއްކެވި ވާހަކަ އެވެ.
ހުސައިން ވިދާޅުވީ އެއްލައްކަ ހަތަރުހާސް ވަޒީފާ އުފެއްދެވި ކަމަށް ޔާމީން އެރޭ ވިދާޅުވި ކަމަށާއި އެކަމަކު ހަމަ އެ ވާހަކައިގަ ދިވެހިން ތިބީ ވަޒީފާ ނެތިކަމަށް ވިދާޅުވުމުން ސިކުނޑީގެ އާލާސްކަންފުޅެއް އުޅޭކަން އެނގުނީ ކަމަށެވެ.
ޔާމީންގެ ވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިން ޖަލަށްލީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެފަދަ އަހުލާގީ ފެންވަރަކީ ދިވެހި ރައްޔިތުން ބަލައިގެންނަ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.
އަނދުން ވިދާޅުވީ އޭނާ ރައީސް ޔާމީން ސިފަ ކުރައްވާނީ އަނިޔާވެރި ވިސްނުމެއްގެވެރިއެއްގެ ގޮތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް