ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ޖުމްލަ 254 އަށް އަރައިފި

ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 77 އަހަރުގެ ދިވެހި އަންހެނަކ...

05 Dec 2021 | 04:21

ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 77 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 06:29 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މިއަދު މަރުވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިވަނީ 254 އަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،726 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 19 މީހުންނަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90،103 މީހުން ވަނީ ބަލިން ރަނގަޅުވެފައިއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 92،095 މީހުންނަށެވެ. އަދި ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 254 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް