ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކައުންސިލަރު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ކުޑަ ފިރިހެން ކުދިންނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކައުންސިލަރަކު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ މައްޗަށް ކޯޓުން މިއަދު އަމުރުކޮ...

05 Dec 2019 | 14:42

ކުޑަ ފިރިހެން ކުދިންނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކައުންސިލަރަކު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ މައްޗަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޒަން (ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި 51 އަހަރުގެ ދިވެހި ފިރިހެނަކާ ދެކޮޅަށް ކުޑަ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރާކަމަށް ހަތަރު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި ޝަރީއަތް ނިމެންދެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލަ ވަނީ ޖިނާއީ ކުށެއްގެ ދައުވާ ކުރެވޭނެ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން ފައިލް ކޮށްފައި ކަމަށާއި އަނެއް ތިން މައްސަލަ ވަނީ ފުލުހުން ތަހުގީގު ފުރިހަމަކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ވަނީ ޕީޖީ އަސް ފޮނުވާފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ ޝަރީއަތް މިހާރު ކުރިއަށްދާ މައްސަލައިގަ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށެވެ. އެހެންކަމުން އޭނާ މިއަދު ޝަރީއަތަށްފަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް